ޚަބަރު

މުޒާހަރާގެ ހައްޔަރީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެެރެއިން ހައްޔަރުކުރި މީހުން ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި އެވެ.

Ads by STELCO

އެ ރޭގެ މުޒާހަރާގެ ތެރެއިން އަށް މީހަކު ހައްޔަރުކުރިއިރު 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކޮށްގެން ބަންދުކުރީ ހަ މީހެކެވެ. އެ ހަ މީހުން މި ވަގުތު ތިބީ ދޫނިދޫ ޖަލުގަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ތިބި އިރު އެ މީހުންނަށް ދޭން ޖެހޭ ފަރުވާ ދިނުމުގައި ފަރުވާކުޑަ ކަމަށެވެ.

ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތައް ދިނުމަށް ފައްޔާޒު ގޮވާލެއްވި އެވެ.

ބަންދުގައި ތިބި މީހުންގެ ތެރޭގައި މާފުށި ކައުންސިލްގެ ރައީސް ހަސަން ސޮލާހް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ދެ މެންބަރުން ކަމަށްވާ ޔައުގޫބް އަބްދުﷲއާއި ޔާސިރު އަބްދުއްލަތީފް ހިމެނެ އެވެ.

 

Ads by Ooredoo