ޚަބަރު

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް ހާޒިރުކުރަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

ކުރީގެ ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުވުމަށް އަންގައިފި އެވެ.

Ads by STELCO

ރިފްއަތުގެ އިތުރުން ވެސް ކުރީގެ ސަރުކާރުގެ ކެބިނެޓުގެ ތިން މިނިސްޓަރަކު އެ ކޮމިޝަނަށް ހާޒިރުވާން އަންގާފައިވެ އެވެ.

އޭގެ ތެރެއިން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ހާޒިރުކުރި އެވެ. ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ހާޒިރުކުރި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް އޭސީސީއަށް ހާޒިރުވާން އަންގާފައިވެ އެވެ.

ރިފްއަތާއި އައިޝަތު ހާޒިރުކުރާ އިރެއް އަދި ނޭނގެ އެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އޭރުގެ މިނިސްޓަރުން އޭސީސީއަށް ހާޒިރުކުރާތީ އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ސޯލިހު ވިދާޅުވީ މިއީ މިނިވަން މުއައްސަސާތަކަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވައިގެން އެމްޑީޕީގެ މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ހިންގާ ސިލްސިލާ ހަރާކާތެއް ކަމަށެވެ.

"ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު ގެއްލޭ މިޒާތުގެ ކަންކަން ނުކުރުމަށް އޭސީސީގެ ވެރިންނަށް އިލްތިމާސްކުރަން," ސޯލިހް ލިއުއްވާފައިވެ އެވެ.

Ads by HDC