ޚަބަރު

ކުރިއަށް އޮތް މަދު ދުވަސްތަކެއް ތެރޭ ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކުރިއަށް އޮތް މަދު ދުވަސްތަކެއްގެ ތެރޭގައި ރައްޔިތުންގެ އަތްމަތި ތަނަވަސްވެގެންދާނެ ކަމަށް ރައީސް ޑރ. ،މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by MPL

ހައްދުން މައްޗަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅުގެ ފުނަދޫއަށް ވަޑައިގެން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ އިގުތިސޯދު ކުރިއެރުވުމަށް ކަމަށެވެ.

އެގޮތުން ޓޫރިޒަމް ދާއިރާއާއި މަސްވެރިކަމުގެ ސިނާއަތާއި އަދި ކޮންސްޓްރަކްޝަން ސިނާއަތް ކުރިއެރުވުމަށް ވެސް އެތައް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އެތައް ކުންފުންޏަކަށް ސަރުކާރުގެ މަސައްކަތްތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ގާނޫނާއި ގަވައިދުގެ ތެރެއިން އަޅުގަނޑުމެން އެބަ ހަމަޖައްސަން. އެހެންވީމާ ރައްޔިތުންނަށް ކުރިއަށް އޮތް މަދު ދުވަސްކޮޅު ވެގެންދާނީ މިފަދަ ގިނަ ކަންތައްތަކެއް ހަމަޖެހި އަތްމަތި މުއްސަނދިވެގެންދާ ދުވަސްތަކެއް އިރާދަ ކުރެއްވިއްޔާ. އަތްމަތި ތަނަވަސްވާ ދުވަސްތަކެއް" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން އެކި ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ވައުދުވެވަޑައިގެންފައިވާ ގޮތަށް ދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް މިރޭ ދެއްވި އެވެ.

އެ ފައިސާ ފަސް ހަފްތާގެ ތެރޭގައި ދައްކާ ނިންމާނެކަން ރައީސް އިއުލާން ކުރެއްވީ މި މަހުގެ ދެވަނަ ދުވަހު އެވެ.

"މިހާރު ބާކީ އޮންނާނީ ކުޑަ ދުވަސްކޮޅެއް. އެކަމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިދަނީ ކުރަމުން. އަޅުގަނޑު ވީ އެއްވެސް ވައުދެއް އަޅުގަނޑު ދުލެއް ނުކޮށްލާނަން ނުފުއްދައެއް. އެހެންވީމާ އަޅުގަނޑުމެން މިގެންދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން އަޅުގަނޑުވީ ވައުދުތައް ފުއްދަމުން" ރައީސް ވިދާޅުވި އެވެ.

ކުރިއަށް އޮތް މަދު ދުވަސްތަކެއް ތެރޭ ރައްޔިތުންގެ އަތްމަތި ތަނަވަސްވާނެ: ރައީސް

Ads by HDC