ޚަބަރު

މާލެއިން ގެއްލުނު މީހާ ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

މީގެ ފަސް ދުވަސް ކުރިން މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ނޭޕާލްގެ އަންހެންމީހާ ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ނޭޕާލްގެ ރައްޔިތެއްކަމަށްވާ ޢުމުރުން 18 އަހަރުގެ ޕޫރްނީމާ ގަޖްމާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ. އެނާގެ ފެނުނުއިރު އޭނާގެ ޙާލު ރަނގަޅުކަމަށާއި އޭނާ ފެނިފައި ވަނީ މިއަދުގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން އިތުރު ތަފްޞީލެއް ފުލުހުން ނުދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!