ޚަބަރު

އައްޑޫގެ ރިފަރެންޑަމްގެ ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފި

ފާތިމަތު އިރުޝާ ، ދެން އޮންލައިން

އައްޑޫގެ 3 ރަށުގެ ޚިޔާލު ހޯދުމަށް ނެގުނު ވޯޓުގެ ދާއިމީ ނަތީޖާ އިޢުލާންކޮށްފިއެވެ.

Ads by MPL

އިއްޔެ ނެގި ޚިޔާލު ހޯދުމުގެ ވޯޓަކީ އެ އަތޮޅު ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލުކޮށް، ފޭދޫ، ހުޅުދޫ އަދި މީދޫގައި ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ބެލުމަށް ނެގުނު ވޯޓެކެވެ.

އިލެކްޝަން ކޮމިޝަނުން އިޢުލާން ކުރި ދާއިމީ ނަތީޖާ ދައްކާގޮތުން ހުޅުދޫއާއި މީދޫ ރައްޔިތުންގެ އަޤްލަބިއްޔަތުން ތާޢީދުކޮށްފައި ވަނީ ސިޓީ ކައުންސިލުން ވަކިވުމަށެވެ. ނަމަވެސް ފޭދޫ ވޯޓުގެ އަޤްލަބިއްޔަތު ތާއީދުކޮށްފައި ވަނީ ސިޓީ ކައުންސިލާ އެކު ތިބުމަށެވެ.

ވޯޓުގެ ދާއިމީ ނަތީޖާގެ ތަފްޞީލް

• ފޭދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 616
ނުފެންނަކަމަށް: 1784
ބާތިލް ވޯޓު: 36
ވޯޓުލުމުގެ ޙައްޤު ލިބޭ: 4355
ވޯޓުލީ މީހުންގެ އަދަދު: 2436

• ހުޅުދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 723
ނުފެންނަކަމަށް: 329
ބާތިލް ވޯޓު: 36
ވޯޓުލުމުގެ ޙައްޤު ލިބޭ: 2874
ވޯޓުލީ މީހުންގެ އަދަދު: 1069

• މީދޫ ރަސްމީ ނަތީޖާ:
ފެންނަކަމަށް: 847
ނުފެންނަކަމަށް: 144
ބާތިލް ވޯޓު: 17
ވޯޓުލުމުގެ ޙައްޤު ލިބޭ: 2347
ވޯޓުލީ މީހުންގެ އަދަދު: 1008

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު  ،ދެންއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ވޯޓާ ގުޅިގެން ޝަކުވާއެއް ރަޖިސްޓްރީކޮށްފައިނުވާ ކަމަށާއި ވޯޓުގެ ކުރިހާ ކަމެއް ވެސް ކުރިއަށް ދިޔައީ ވަރަށް އަމަން އޮމާންކޮށްކަމަށެވެ.