ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް އެޗްއާރުސީއެމްގެ ކުރީގެ ނައިބު މުއިމިނާ ހަމަަޖައްސައިފި
ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ (ޕީއެސް)ގެ މަގާމަށް އެޗްއާރުސީއެމްގެ ކުރީގެ ނައިބު ރައީސް މުއުމިނާ ވަހީދު އައްޔަނުކޮށްފި އެވެ.
މިދިޔަ މަހު އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ދައުރު ހަމަވި މުއުމިނާ ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަަމަޖެއްސީ މިއަދު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މޫމިނާއަށް މަގާމުގެ ރަސްމީ ލިޔުން ހަވާލުކޮށްދެއްވީ އެ ކަމަށް ޓަކައި ލޯކަލް ގަވާމަންޓް މިނިސްޓްރީގައި މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު މުޖުތާޒެވެ.
މުއުމިނާ ކުރިން އެޗްއާރުސީއެމްގެ އިދާރީ އެކި މަގާމުތައް ވެސް ފުރުުއްވާފައިވާ އިރު ކޮންސަލްޓަންޓެއްގެ ގޮތުގައި އިކޮނޮމިކް މިނިސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓްގައި ވެސް މަސައްކަތްކުރައްވާފައި ވެއެވެ. އަދި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެސް އިސް މަގާމެއްގައި މޫމިނާ މަސައްކަތްކުރައްވާފައި ވެއެވެ.

