ޚަބަރު

އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމަށް ޝުއައިބު އައްޔަނުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޝުއައިބު އަބްދުއް ރަހުމާން--

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝުއައިބު އަބްދުއްރަހުމާން މިއަދު އައްޔަނުކުރައްވައިފި އެވެ.

Ads by MPL

ޝުއައިބުއާއި އިތުރު ތިން ބޭފުޅަކު އެންއައިސީގެ މެމްބަރުކަމަށް އައްޔަނުކުރީ އިއްޔެ އެވެ.

އަދި ޝުއައިބު މިއަދު އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަނުކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޝުއައިބު ރައީސްކަމަށް އައްޔަނުކުރި އިރު މިއީ އެ ކޮމިޝަންގެ މެމްބަރުކަން އޭނާ އަދާކުރައްވާ ދެވަނަ ދައުރެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެންއައިސީގައި ޝުއައިބުއާއެކު މިހާރު ތިއްބަވަނީ

  • ދަފްތަރު. ނަންބަރު ރސ 12854،  ޝިފާޒު އަލީ
  • ދަފްތަރު. ނަންބަރު ރސ 1851، އަލީ މުހައްމަދު މަނިކު
  • ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފް
  • މަރްޔަމް އިންޝާ ފައިސަލް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާގުޅޭ މައްސަލަތައް ބަލައި ފިޔަވަޅުއަޅާނެ އިޖުރާއަތުތަކާއި އުސޫލުތައް ކަނޑައެޅުމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށްޓަކައި އުފައްދަވާފައިވާ ކޮމިޝަނެކެވެ.

Ads by Allied Insurance
  1. ޒައިން

    ހަމީޒޫ ބަހުގެ ހަމައެއް ލަމައެއް ނޯވޭތަ އެއްޗެއް ލިޔާއިރު. އައްޔަނު ކުރީ މުއިއްޒު ކަމެއް ޝުއައިބު ކަމެއް އިނގެނީކީނޫން. އައްޔަނުކުރީ އިއްޔެކަމެއް މިއަދު ކަމެއް އިނގެނީކީނޫން. އެކަމު ހަމަ ނޫސްވެރިކަން.