ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް
ރާއްޖެއަށް މި އަހަރުގެ މިހާތަނަށް އައި ޓޫރިސްޓުންގެ އަދަދު 1.8 މިލިއަނަށް އަރާފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ޕްލޭނިންގްއިން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސްޓެޓިސްޓިކްސް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 1.8 މިލިއަން ޓޫރިސްޓުން ރާއްޖެއިން ވަނީ ހަމަކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.6 މިލިއަން ޓޫރިސްޓުންނާ އަޅާބަލާއިރު 9.9 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފައި ވަނީ ޗައިނާއިންނެވެ. އެ ގައުމުން މިއީ ކޮވިޑަށް ފަހު ވަރަށް ބާރަށް އަނބުރާ އައިސް، މިހާރު އެއްވަނައިގައި އޮތް ގައުމެވެ.
ޓޫރިސްޓުން އައި 10 ގައުމު
ޗައިނާ - 291,573
ރަޝީއާ - 223,857
ޔޫކޭ - 159,615
ޖަރުމަނުވީލާތް - 132,394
އިޓަލީ - 119,261
އިންޑިއާ - 104,500
އެމެރިކާ - 51,892
ފްރާންސް - 46,629
ސްޕެއިން - 43,749
އޮަސްޓްރޭލިއާ - 34,440
މި އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ރާއްޖެއަށް އައިސްފައި ވަނީ 6,015 ޓޫރިސްޓުންނެވެ. މިހާތަނަށް ޓޫރިސްޓުން ރާއްޖޭގައި ތިބެނީ 6 ދުވަހާއި 8 ދުވަހުގެ މުއްދަތެއްގައެވެ.
އެމްއެމްއޭއިން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެއް މިލިއަން ޓޫރިސްޓުން އައިސްފައި ވާތީ މި އަހަރު 2.3 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކުރާނެއެވެ.

