Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރާއްޖެ ގެންނަ 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިމިއްޖެ

ރާއްޖެ ގެންނަ 18 އެމްބިއުލަންސްގެ އިންސްޕެކްޝަން ނިމިއްޖެ

ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ 18 އެންބިއުލަންސްގެ އިންސްޕެކްޝަން ނިމިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފިއެވެ.

އެމްޕީއެލްއިން ބުނީ ރާއްޖެ ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރެވިފައި ވަނީ ޖުމްލަ 56 އެމްބިއުލަންސްކަމަށާއި އޭގެތެރެއިން 18 އެންބިއުލަންސްގެ އިންސްޕެކްޝަންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. މި އިންސްޕެކްޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ ދުބާއީގައި އެމްޕީއެލްއާއި ޞިއްޙީ ވުޒާރާގެ ޓީމަކުންކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.

އެންބިއުލަންސްތައް ފޮނުއްވުމުގައި އެންމެ އިސްކަމެއް ދެއްވާނީ އެންބިއުލަސްތައް ހަލާކުވެފައި ނުވަތަ މައްސަލަތައް ދިމާވެފައިވާ ރަށްރަށަށް އެންބިއުލަންސްތައް ފޮނުއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް