ޚަބަރު

މި ފަހުރުވެރި އައްޑަނައިގެ ހައްގުވެރިންނަކީ ހިތްވަރުގަދަ ދިވެހިން: މައުމޫން

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ނަސްރުގެ ދުވަހުގެ މުނާސަބާތުގައި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމަށް އެރުވި ޝަރަފުވެރި އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހިންކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ނޮވެމްބަރު 3, 1988ގައި ލަންކާގެ ތަމަޅަ ޖަމާއަތަކާއި ދިވެހިންގެ ބަޔަކު ގުޅިގެން އޭރު އޮތް މައުމޫނުގެ ސަރުކާރު ވައްޓާލުމަށް ދިން ހަމަލާއިން ސަލާމަތްވެ ލިބުނު ނަސްރާ ގުޅިގެން ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރެއެވެ.

މިއަދު ދުވަހުގެ މުނާސަބަަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މައުމޫން ކުރެއްވި ހިދުމަތަށް އަގު ވަޒަންކުރުމަށް އައްޑަނަ އަރުވައިފައެވެ.

އެކަމާ ގުޅިގެން މައުމޫން އެކްސްގައި ލިއުއްވީ "އަޅުގަނޑުގެ ނަޒަރުގައި މި ފަޚުރުވެރި އައްޑަނައިގެ ހައްގުވެރި ވެރިންނަކީ ހިތްވަރު ގަދަ ލޮބުވެތި ދިވެހި ރައްޔިތުން،" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!