ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތަށް ބައެއް މަގުތައް ބަންދުކުރަނީ
                                                        މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބުނެފިއެވެ.
ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާތީ އެ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް އަންނާނެކަމަށާއި މިހާރު ވެސް ބައެއް މަގުތައް ބަންދު ކުރެވިފައިވާނެކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިގޮތުން ބޮޑުތަކުރުފާނު މަގު ޝަހީދު މުޙައްމަދު ހުސައިން ހިނގުމުން ހުސޭނީ ގޯޅިއާ ހަމައަށް، މުޙައްމަދު އިސްމާޢީލް ގޯޅީގެ ބަޔަކާއި، ކަނޑިދޮންމަނިކު ގޯޅީގެ ބައެއް އަދި ޗާންދަނީ މަގުން އިބްރާހީމް ހަސަންދީދީ މަގާ ހަމައަށް ބަންދު ކުރާނެކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައި ވަނީ ހިއްސާކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދު މިރޭ 20:00 އިން ފެށިގެން ބަންދު ކުރެވޭނެކަމަށެވެ.
މި މަސައްކަތް ތަރައްޤީކޮށް ނިމޭއިރު ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ޚާއްޞަ ސަރަހައްދެއް އޮންނާނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.
 
            
                    
            
                    
            
                    
            
                    