ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް ބަނގްލަދޭޝްއަށް އަލުން ފަށަނީ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ޤައުމީ އެއަރލައިން މޯލްޑިވިއަން

މޯލްޑިވިއަންގެ ދަތުރުތައް ބަނގްލަދޭޝްްއަށް އަލުން ފެށުމަށް ނިންމައިފައިވާކަމަށް ޤައުމީ އެއަރލައިން ،މޯލްޑިވިއަންއިން ބުނެފިއެވެ.

Ads by MPL

މޯލްޑިވިއަންއިން މިކަން ހާމަކުރަމުން، ސެންޖަރ ސޭލްސް އެޖެންޓަކަށްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލައިފައި ވެއެވެ.

މޯލްޑިވިއަންއިން ބަނގްލަދޭޝްއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑައިލައިފައި ވަނީ އެ ގައުމުގެ ސިޔާސީ މަޝްރަހު ހަލަބޮލިވުމާ ގުޅިގެން މިދިޔަ އަހަރުގެ އޮގަސްޓު މަހުގައެވެ. އޭރު ކޮންމެ ހަފްތާއަކު މޯލްޑިވިއަންއިން ، ބަނގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރަމުން ދިޔައެވެ.

ބަނގްލަދޭޝް އެ ހަލަބޮލިކަމުގައި ސިޔާސީ މަޝްރަހު ހޫނުވެ އެ ޤައުމުގެ ބޮޑު ވަޒީރު ޝޭޚް ހަސީނާ ވަނީ އިސްތިއުފާ ދެއްވައި ގައުމުން ފިއްލަވައިވަޑައިގެންފައެވެ. އެކަމަނާ މިހާރު އުޅުއްވަނީ އިންޑިއާގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!