Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސަރުކާރުން ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރަން ފަށައިފި

ސަރުކާރުން ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރަން ފަށައިފި

އަންނަ ރަމަޟާންމަހު ސަރުކާރުން ރޯދަ ހަދިޔާ ދިނުމަށް މަޢުލޫމާތު އެއްކުރަން ފަށައިފިކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުންދެވޭ ރޯދަ ހަދިޔާ ލިބޭ ލިސްޓުތައް މިނިސްޓްރީއަށް ހުށަހަޅާނީ ކައުންސިލްތަކުން ކަމަށާއި މި ލިސްޓުތައް މި މަހުގެ 20ވަނަ ދުވަހުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމަށް މިހާރު ކައުންސިލްތަކަށް އަންގާފައިވާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރޯދަ ހަދިޔާ ދިނުމަށް ކަނޑައަޅައިފައި ވަނީ ކޮންމެ ގޭބިސީއެއްގެ ޢަދަދަށް ބެލުމަށް ފަހު ކަމަށާއި އެއް ގޭބިސީގައި ގިނަ ގޭބިސީތައް ދިިރިއުޅޭ ނަމަ އެ ގޭބިސީތައް ވަކިވަކިން ރެޖިސްޓަރ ކުރަންޖެހޭނެކަމަށް މިނިސްޓްރީއިން މަޢުލޫމާތުދެއެވެ.

Advertisement
Ooredoo — Truecaller (box)

އަންނަ އަހަރަށް ރޯދަ ހަދިޔާގެ ގޮތުގައި ދެވޭނެ ބާވަތްތަކުގެ މަޢުލޫމާތު ސަރުކާރުން އަދި އިއުލާން ކުރައްވައިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް