Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހޭވައްލާ ދިވެހި އަސްދަނޑިން ބޭރަށް!

ހޭވައްލާ ދިވެހި އަސްދަނޑިން ބޭރަށް!

ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދަމުން އަންނަ ހޭވައްލާ ބޮޑުބެރު ގުރޫޕުން ސަގާފީ ހުށަހެޅުމެއް ހުށަހަޅައިދޭން މެލޭޝިއާއަށް ދާން ތައްޔާރުވެއްޖެއެވެ.

ޓޫ އޮފް އަސް އިން އިންތިޒާމުކޮށްގެން ކުއަލަމްޕޫރުގެ ޕީޖޭ އާސްޓް ތިއޭޓަރުގައި ބާއްވާ "ޑްރީމް ބިއޮން ބޯޑާސް"ގައި ހޭވައްލާ ބޮޑުބެރު ގުރޫޕުގެ 15 ކުދިން ބައިރިވާނެއެވެ.

ދެން"އަށް މައުލޫމާތު ދެމުން އެ ގްރޫޕުގެ މެނޭޖަރު އަހްމަދު ވަލީދު ބުނީ، މިމަހުގެ 7ވަނަ ދުވަހު އޮންނަ މިއިވެންޓްގައި ހޭވައްލާގެ ޚާއްސަ ޕާފޯމެންސެއް އޮންނާނެއެވެ.

Advertisement
Ooredoo — Truecaller (box)

"އިވެންޓްގެ ތެރެއިން އެބަހުރި އިތުރު ސަޕްރައިޒެސް ވެސް، މިދަނީ ވަރަށް ބޮޑަށް ތައްޔާރުވެގެން." މިފަހުން މާ ލިލީގެ ނަމުން މަޝްހޫރިވި ލަވަ ގެނެސްދިން ހޭވައްލާގެ ފިއްޓެ ބުންޏެވެ.

މި ކޮންސަޓްގައި 2އޮފްއަސް ގެ އިތުރުން ފަސީލައިވްއާއި ސްޕިޓްބޯލްއާއި އެންސެމްބްލްގެ އިތުރުން، މެލޭޝިއާގެ ބޭންޑެއް ކަމަށްވާ ޓޯން ކޮންސްޕިރޭޓާސް ޕާފޯމް ކުރާނެއެވެ. އަދި ގެސްޓް ފަންނާނުންގެ ގޮތުގައި ރާއްޖޭގެ ބައެއް ފަންނާނުންގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާގެ ފަންނާނެއް ވެސް ބައިވެރިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް