ޚަބަރު

މާލޭ ގެއެއްގެ 6ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެ

ފާތިމަތު އިރުޝާ ، ދެން އޮންލައިން
ފޮޓޯ: މާލެ ސިޓީ

މާލޭ ގެއެއްގެ 6ވަނަ ފަންގިފިލާއިން މީހަކު ވެއްޓި ނިޔާވެއްޖެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ މި ހާދިސާގައި މާފަންނު ގެއެއްގެ 6ވަނަ ފަންގިފިލާގެ ސިޑި ގޮޅިއަށް މީހާކު ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިފައި ވަނީ އިރުއޮއްސި 6:29ހާއިރު ކަމަށެވެ. އަދި ވެއްޓިފައި ވަނީ ބަނގްލަދޭޝްްއަށް ނިސްބަތްވާ ޢުމުރުން 47 އަހަރުގެ ފިރިހެނެއްކަމަށާއި އޭނާ އައިޖީއެމްއެޗް ހޮސްޕިޓަލްއަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ އިތުރަށް ތަހުޤީޤް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

Ads by Allied Insurance