Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

6 އަހަރުތެރޭ ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެ!

6 އަހަރުތެރޭ ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެ!

ވޭތުވެދިޔަ 6 އަހަރުގެ ތެރޭގައި ނުފެންނަވަރުގެ ބޮޑު ހަނދެއް މިރޭ ފެންނާނެކަމަށް ފަލަކީ ޢިލްމުވެރިން ބުނެފިއެވެ.

މިރޭ ފެނިގެންދާ ސުޕަރ މޫން ދުނިޔެއާ ގާތްގަނޑަކަށް 356،980 ކިލޯމީޓާރަށް ކައިރިވާނެ ކަމަށާއި މިގޮތަށް ހަނދު ފެންނަނީ ދުނިޔެ ވަށައިގެން ދައުރުވާ އެލިޕްޓިކަލް އޯބިޓުގެ ޕެރިޖީ (ދުނިޔެއާ އެންމެ ކައިރި ޕޮއިންޓް)އާ އެއްކޮށް ދިމާވުމުންކަމަށް ފަލަކީ ހިސާބުތައް ބުނެއެވެ.

ފަލަކީ ޢިލްމުވެރިން ބުނެފައިވާ ގޮތުގައި މިރޭގެ ހަނދު އެންމެ ރީތިކޮށް ފެންނަން ހުންނާނީ އިރުއޮއްސޭތާ 30 މިނެޓެއްހާއިރު ފަހުންކަމަށާއި މިއީ "ބީވަމޫން"ގެ ނަމުން ނަންދެވިފައިވާ ހަނދެއްކަމަށެވެ.

Advertisement
Allied Insurance — Square (box)

ހަމައެހެންމެ މިރޭ ފެނިގެންދާ ސުޕަރ މޫންއަކީ މި އަހަރު ފެންނާނެ ދެވަނަ ސުޕަރ މޫންކަމަށާއި މި އަހަރުގެ ތިންވަނަ ސުޕަރ މޫން ފެންނާނީ އަންނަ ޑިސެމްބަރު މަހުގެ 4ވަނަ ދުވަހުކަމަށް ފަލަކީ ހިސާބުތައް މަޢުލޫމާތު ދެއެވެ.

މިއީ 2019ވަނަ އަހަރު ފެނުނު ސުޕަރ މޫނަށް ވުރެ ވެސް ދުނިޔެއާ ކައިރިން ފެންނާނެ ހަނދެއްކަމަށް ވެސް ފަލަކީ ޢިލްމުވެރިން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް