ޚަބަރު

ހުޅުދޫއާއި މީދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުދޫއާއި މީދޫގެ މަގުތައް ތަރައްގީކުރަން ރަސްމީކޮށް މަސައްކަތް ފެށުން

އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

Ads by MPL

އެ މަސައްކަތްތައް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އައްޑޫއަށް މިއަދު ކުރެއްވި ރަސްމީ ދަތުރުފުޅާ ގުޅިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ހުޅުދޫއާއި މީދޫގެ މަގުތައް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު އެވެ.

އެ މަޝްރޫޢަކީ އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، އެ ރަށްތަކުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ އިތުރު ފަސޭހަތައް ލިބިގެންދާނެ މަޝްރޫއެއް ކަމަށް ވެސް ކޮންސްޓްރަކަޝްން މިނިސްޓްރީން ބުންޏެވެ.

އަދި އެ މަޝްރޫއުގެ ސަބަބުން އެ ދެރަށުގެ ވަށާފާރު ރަނގަޅުވެ، ފެން ހިންދާ ނިޒާމް ގާއިމުކުރެވި، މަގުތައް ތަރައްގީވެ، ރައްޔިތުންނަށް ސާފުތާހިރު އަދި ރައްކާތެރި މަގުތަކެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ބުނެއެވެ.

އައްޑޫ މީދޫއާއި ހުޅުދޫ މައިި އައްޑޫ ސިޓީން ވަކިވެ ވަކި ކައުންސިލްތަކެއް ހަދާފައިވާއިރު މިއަދު ބޭޢްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ބައިވެރިވެލެއްވި އެވެ.

Ads by Allied Insurance