ޚަބަރު

ގެއްލިގެން ރިޕޯޓުކުރި 110 ސައިކަލު މިދިޔަ މަހު ފުލުހުން ހޯދި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ފުލުސް އިމާރާތް ކުރިމަތިން ސިފައިންގެ މީހަކު ސައިކަލުގައިދާ މަންޒަރު/ ފޮޓޯ: ދެން

މިދިޔަ މަހުގެ ތެރޭ މާލޭ ޕޮލިސް ކޮމާންޑުން ގާތްގަނޑަކަށް ފަސް މިލިއަނެއްހާ ރުފިޔާގެ މުދާ ރިކަވާކޮށްފައިވާ އިރު، އޭގެ ތެރެއިން ގެއްލިގެން ހޯދި ތަކެތީގެ ތެރެއިން އެންމެ ގިނައީ ސައިކަލު ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

Ads by MPL

ހާއްސަކޮށް މާލޭގައި ސައިކަލު ގެއްލޭ މައްސަލަތައް އިތުރުވެފައިވާ އިރު، އެ ތަކެތި ހޯދަން ފުލުހުން ބުރަ މަސައްކަތް ކުރަން ޖެހެއެވެ.

ފުލުހުންގެ މާލެ ޕޮލިސް ކޮމާންޑުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހު ފުލުހުން އެންމެ ގިނައިން ހޯދީ ގެއްލިގެން ރިޕޯޓްކޮށްފައިވާ ސައިކަލެވެ. އެތަކެތީގެ އަގު 4.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ދެން އެންމެ ގިނައިން ހޯދައިފައި ވަނީ ގެއްލިގެން ރިޕޯޓުކޮށްފައިވާ 31 ފޯނެވެ. އެތަކެތީގެ އަގު 302،830 ރުފިޔާއަށް އަރައެވެ. އޭގެ އިތުރުން 12 އިލެކްޓްރޯނިކް އާލާތް ހޯދާފައިވާއިރު، އެތަކެތީގެ އަގު 62،565 ރުފިޔާއަށް އަރާ ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން ފައިސާ ވަގަށް ނެގުމުގެ 32 މައްސަލައެއްގައި 324،344 ރުފިޔާ ރިކަވާ ކޮށްފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!