ޚަބަރު

ލަންކާގެ ދެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން ހިފަހައްޓައިފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: އެމްއެންޑީއެފް

ލަންކާގެ ދެ މަސްބޯޓެއް ރާއްޖެ ސަރަހައްދުން ހިފަހައްޓައިފައިވާކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.

މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެނެސްފައި ވަނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގައި ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން އެމްއެންޑީއެފް އެއަރކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޯސްޓުގާޑުގެ ސްޕެޝަލް ބޯޓް ސްކޮޑުގެ ބެލުމުގެ ދަށަށް މި ބޯޓުތައް ގެނެވުނީ ނޮވެމްބަރު 5ވަނަ ދުވަހުގެ ރޭކަމަށާއި މި ބޯޓުތައް ހަރަކާތްތެރިވަމުން ދިޔައީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުންކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް ދިފާއީ ބާރުން ބުނެފައި ވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!