މާފުށި ޖަަލަށް އެތެރެ ކުރަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދާ 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

ޖަލަށް ވެންދުން މަނާ ތަކެތީގެ ތެރޭގައި ހިމެނޭ ފޯނުތަކަކާއި މަސްތުވާތަކެތި ހޯދާ ފުލުހުން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ޖަލަށް ވެއްދުން މަނާތަކެތި ޖަލަށް ވައްދަން މަސައްކަތްކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ. މާފުށި ޕޮލިސް ސްޓޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފުށި ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 41 އަހަރުގެ ފިރިހެނެއް ކަމުގައިވެސް ފުލުހުން މައުލޫމާތު ދެއެވެ.އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭ ދަންވަރު 00:45 ގައި މާފުށީ ޖަލު ކައިިރިން ކަމުގައިވެސް ފުލުހުން ބުނެއެެވެ.
ފުލުހުން އިތުރަށް ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކ.މާފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.