Sunday, 15 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ލަކުނެއް ނެތަސް އަދިވެސް ބިރު ގަނޭ" - ލިލީގެ ވޭނީ ވާހަކަތައް ދޫކޮށްލައިފި"

ލަކުނެއް ނެތަސް އަދިވެސް ބިރު ގަނޭ" - ލިލީގެ ވޭނީ ވާހަކަތައް ދޫކޮށްލައިފި"

މިހިނގާ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އޮލިމްޕަސް ސިނަމާގައި ރިލީޒްކުރާ ދިވެހި ފިލްމު “ލިލީ” ގައި ގެނަސްދޭ ހާދިސާތައް ދިވާމި އަސްލު ކުއްޖާގެ ވާހަކަތައް ކުރުކޮށް އާންމުކޮަށްފި އެވެ.

ލިލީ ފިލްމުގެ ޓިކެޓް 7505079 އަށް ވައިބާ ކުރައްވައިގެން <a class="anchor-url" href="https://book.lilythemovie.com/" target="_blank" rel="noopener noreferrer">ނުވަތަ</a><a class="anchor-url" href="https://book.lilythemovie.com/" target="_blank" rel="noopener noreferrer"><u> https://book.lilythemovie.com</u></a> އަށް ޒިޔާރަތް ކުރައްވައިގެން ނެންގެވޭނެއެވެ.

އިއްޔެ ސޯޝަލް މީޑިއާއަށް ދޫކޮށްލި ވީޑިއޯއެއްގައި އަންހެން ކުއްޖެއްގެ އަޑުން އަސަރުގަދަ ޖުމްލަތަކެއް ބުނެދީފައިވެ އެވެ. އެގޮތުން ކޮންމެވެސް މީހަކު ވަރަށް އަނިޔާ ކުރި ކަމަށާއި އޭނާ ފެނުނަސް އަދިވެސް ގަބު ވެފައި އިންނަ ކަމަށް އެކުއްޖާ ބުނެ އެވެ.

Advertisement
Allied Insurance — Square (box)

“އޮތްތަނުން ގުޑިލާނެ ގޮތެެއް ނޭނގިފަ އެބަ އޮންނަމޭ އެތައް ރެޔަކު” ރޮމުން އެ އަންހެން ކުއްޖާ ކިޔައިދެ އެވެ.

މިއާއެކު އެކަމަކު އެއީ މަގޭ މަންމައޭވެސް ވީޑިއޯގައި ބުނެ އެވެ.

https://youtu.be/DfNxOrICI5Q

ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ<span class="Apple-converted-space">  </span>ހަގީގީ ހާދިސާތަކުގެ ތެރެއަށް ހިޔާލީ ކަންތައްތަކެެއްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި އަސްލު ހާދިސާތަކުގެ އަސްލު ނުގެއްލޭނެހެން މީހުންގެ ނަންތަކާއި ރަށުގެ ނަންވެސް ބަދަލުކޮށްފައި ވާނެކަމަށް އަޒްހާން ބުންޏެވެ.

ލިލީގެ ތިން ޝޯވގެ ޓިކެޓު މިހާރު ދަނީ ވިއްކަމުންނެވެ. މިއަދު ވަނީ އިތުރު ދެ ޝޯވއަށްވެސް ޓިކެޓު ވިއްކަން ފަށައިފަ އެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްތަކުގައިވެސް ލިލީ އަޅުވަން މިހާރު ދަނީ ޓިކެޓު ވިއްކަމުންނެވެ.

މުހައްމަދު އަރީހް ޕްރޮޑިއުސް ކުރާ މި ފިލްމުގެ މައިގަނޑު ތަރިންގެ ތެރޭގައި އައިޝާ އަލީ، އަހުމަދު ޝާރިފް، މުހައްމަދު އިޝްފާން، މަރިޔަމް ޝިމާ، އަހުމަދު ނިމާލް، މަރިޔަމް ހަލީމްގެ އިތުރުން އަލީ ފާރޫގު ހިމެނެ އެވެ. ފިލްމުގެ މަންޒަރުތައް ނަގާދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މިޔުޒިކްތައް ހަދާފައިވަނީ ހުަސައިން ތައުފީގު އެވެ. ލަވަތަކުގެ ޅެމާއި ރާގުތައް ހެދީ މުހައްމަދު އަބްދުލް ގަނީ އެވެ. މީގެ އިތުރުން ފިލްމުގެ އޮރިޖިނަލް ބެކްސްކޯ ތައްޔާރުކޮށްފައިވަނީ ފަތުހުالله ޝަކީލް އެވެ.

ލިލީއަށް ބޮޑު ތަރުހީބެއް މުޅި ރާއްޖެއިން ލިބެމުން ދާއިރު މިފިލްމުގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފެށި ދުވަހު ދިގު ކިޔުއެއް މަގުގައި ހަދާފައި އޮތެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.