ޚަބަރު

ހަނިމާދޫ އެއާޕޯޓާ އެކު އުތުރަށް އިންވެސްޓްކުރަން ވިޔަފާރިވެރިންނަށް ރައީސް ގޮވާލައްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ އެކު ވިޔަފާރިވެރިން ރާއްޖޭގެ އުތުރުގައި އިންވެސްޓްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ގޮވާލައްވައިފި އެވެ.

Ads by MPL

ރައީސް މުއިއްޒު އެފަދައިން ގޮވާލެއްވީ އެ އެއާޕޯޓު ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައިސް ހަނިމާދޫ އެއާޕޯޓުގެ ނިިމިފައި އޮތީ 30 ޕަސެންޓް ކަމަށެވެ.

ބާކީ 70 ޕަސެންޓް ދެ އަހަރެއްހާ ދުވަސް ތެރޭ ނިންމީ ހަނިމާދޫއާއި އެ އަތޮޅާއި އެ ސަރަހައްދުގެ ހުރިހާ ރައްޔިތުންނަށް އަވަސް މިނެއްގައި އިގުތިސާދީ ފަހި ފުރުސަތުތައް ހޯދައިދީ އިންވެސްޓަރުން އެ ސަރަހައްދަށް ގެނެސްދީ އާމްދަނީގެ ފުރުސަތުތައް ގެނެސްދިނުން އަވަސްކުރުން ކަމަށެވެ.

އެގޮތުން ޓޫރިޒަމްގެ ދާއިރާއިންއާއި ވަޒީފާގެ ފުރުސަތުތަކާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދި އެހެނިހެން ސިނާތްތަކުން މިއަދު ހުޅުވިގެންދަނީ އާ ދޮރާއްޓެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ހުޅުވިގެންދާ ދޮރާށި އަޅުގަނޑު އެދެން އެންމެ ފުޅާ މިނުގައި ރާއްޖޭގެ ވިޔަފާރިވެރިން ހާއްސަކޮށް ކުދި ބޮޑު އަދި މެދު ފަންތީގެ ހުރިހާ ވިޔަފާރިވެރިން މި ސަރަހައްދަށް ވަޑައިގަންނަވަން. މި ސަރަހައްދުގައި އިންވެސްޓްކުރައްވަން. މި އޮޕަޗުނިޓީގެ ބޭނުން މިވަގުތު ހިއްޕަވާ. މިއީ  ވަރަށް ބޮޑު ރަނުގެ ފުރުސަތެއް. މިއީ. ހުރިހާ ދާއިރާއަކުން ވެސް މި ސަރަހައްދުގެ،" ރައީސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ރާއްޖޭގެ ބޭރުގެ އިންވެސްޓްވަރުން ވެސް އެ ސަރަހައްދަށް އައުމަށް ވެސް ރައީސް ގޮވާލެއްވި އެވެ.

Ads by HDC