Sunday, 15 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ލިލީ އެންމެންގެ ހިތްތައް ކަތިލައިފި

ލިލީ އެންމެންގެ ހިތްތައް ކަތިލައިފި

ނޮވެމްބަރު 20 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު “ލިލީ” ގައި ހިމެނޭ ހިތް ކަތިލިޔެ އާންމުންނަށް ދޫކޮށްލައިފި އެވެ.

ލަވައިގެ ބައެއް މަންޒަރުތައްވެސް ހިމެނޭ ގޮތަށް ޔޫޓިއުބަށް މިއަދު ދޫކޮށްލާފައިވަނީ ލިރިކަލް ވީޑިއޯ އެކެވެ. މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) ޅެމާއި ރާގު ހަދާފައިވާ މި ލަވަ ކިޔާފައިވަނީ އޭނާގެ އިތުރުން މަރިޔަމް އަޝްފާ އެވެ. މިޔުޒިކް ހަދާފައިވަނީ ހުސައިން ތައުފީގު އެވެ.

https://www.youtube.com/watch?v=hnPDghYC5kA

Advertisement
Allied — Dhen Online (box)

ދިވެހި ފިލްމު ލިލީގެ ޓިކެޓު މިހާރު އޮލިންޕަސް ކައުންޓަރުން ދަނީ ވިއްކަމުންނެވެ. ޓިކެޓު ބުކް ކުރެއްވުމަށް 7505079އަށް ވައިބާ ކުރެއްވުމަށް ލިލީ ޓީމުން އެދެވެ.

ލާމު އަތޮޅުގެ އެކި ރަށްތަކުގައި މަންޒަރުތައް ނަގާފައިވާ ހިތް ކަތިލިޔެ ގައި ފެންނަނީ ލިލީގެ ލީޑު ދެ ތަރިން ކަމަށްވާ އައިޝާ އަލީ އަދި އަހުމަދު ޝާރިފް އެވެ. ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ ލިލީ ގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް އެވެ. މަންޒަރުތަކުގައި ލ. ގަން ތުނޑިއާއި، އެއަތޮޅު ހިތަދޫ ކުޅީގެ އިތުރުން މާބައިދޫގެ ކޯރުވެސް ފެނެ އެވެ. މީގެ އިތުރުން މާންދޫގައި އޮންނަ ފެންގަނޑުގައާއި މަޝްހޫރު ޕަރީ ފެންގަނޑުގައިވެސް ބައެއް މަންޒަރުތައް ކުޅެފައި ވެއެވެ.

ލިލީ ރިލީޒް ވާން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ދަނީ ފިލްމުގެ ޓިކެޓު ވިއްކަމުންނެވެ. މިހާރު ވިއްކަމުން ދަނީ ފުރަތަމަ ފަސް ޝޯގެ ޓިކެޓެވެ. އޭގެ ތެރެއިން ބޮޑު ބައެއް ވަނީ ވިކި ހުސްވެފަ އެވެ.

ކްރިއޭޓިވް ނެޓްވޯކު ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސްކުރާ ލިލީގެ މަންޒަރުތައް ނަގައިދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މޭކަޕްތައް ކޮށްދީފައިވަނީ ޖަސްޓިން އެވެ. ފިލްމުގެ ބެކްސްކޯގެ މަސައްކަތް ކުރަނީ ފަތުހުالله ޝަކީލް އެވެ.

ލިލީ އަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މިއީ އަޒްހާން ލިޔެ ޑައިރެކްޓު ކުރާ ދެވަނަ ފީޗަރ ފިލްމެވެ. މީގެ ކުރިން އޭނާ ވަނީ ދެ ވެބް ސީރީޒްއެއްވެސް ގެނަސްދީފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.