Sunday, 15 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ލިލީ ނުލިބުނު އެންމެންނަށް މިއަދު ރަނުގެ ފުރުސަތެއް!

ލިލީ ނުލިބުނު އެންމެންނަށް މިއަދު ރަނުގެ ފުރުސަތެއް!

ދިވެހި ފިލްމު ލިލީގެ ޓިކެޓެއް ގަންނަ ކޮންމެ މީހަކަށް ލިލީއެއް ދޭން އެޓީމުން ނިންމައިފި އެވެ.
މިހަރަކާތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ފޭސް ޓޫގައި ހުންނަ ހިޔާ ޕާކުގަ އެވެ. މި ހަރަކާތުގައި ލިލީ ފިލްމުގެ ޓިކެޓު ވިއްކުމުގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯ މޭންވެސް ހުށަހަޅައިދޭން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މަގުބޫލު ބޮޑުބެރު ގްރޫޕު ހޭވައްލާއިންވެސް ބައިވެރިވާނެ އެވެ.

ލިލީގެ ފުރަތަމަ އަދި ދެވަނަ ޝޯގެ ޓިކެޓު މިހާރު މުޅިން ހުސްވެފައިވާއިރު އިތުރު ޝޯތަކުގެ ޓިކެޓުވެސް މިހާރު ދަނީ ވިއްކަމުންނެވެ. އޮލިމްޕަސް ޓިކެޓު ކައުންޓަރުން މިހާރު ޓިކެޓު ލިބެން ހުރި ލިލީ ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ލިލީގެ ހޮޓްލައިން 7505079 އަށް ގުޅައިގެންވެސް ފިލްމުގެ ޓިކެޓު ނެގޭނެ އެވެ. މީގެ އިތުރުން ރަށްތަކުގައި އަޅުވަން އެދިވެސް މި ނަމްބަރަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. ލިލީ އަޅުވަން މިހާރުވެސް ގިނަ ރަށްތަކަކުން ވަނީ އިއުލާން ކޮށްފަ އެވެ.

Advertisement
Allied Insurance — Square (box)

ލިލީ ފިލްމުގެ ނަން އިއުލާން ކުރުމަށް މި އަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް ބޮޑު ކެމްޕެއިނެއް ކުރިއަށް ގެންދިޔަ އެވެ. “ލިލީ ލިބިއްޖެ” ގެ ނަމުގައި ކުރިއަށް ގެންދިޔަ ކެމްޕެއިންގައި 400 އަށްވުރެއް ގިނަ ލިލީ ބެހި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.