Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހުޅުމާލެ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވައިލައިފި

ހުޅުމާލެ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވައިލައިފި

ހުޅުމާލެ ފަޅުގައި އޮތް ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވައިލައިފައިވާ ކަމަށް ދިވެހިރާއްޖޭގެ ދިފާއީ ބާރުން ބުނެފިއެވެ.

މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފްއަށް ލިބިފައި ވަނީ މިއަދު މެންދުރު 13:00ހާއިރު ކަމަށާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށް ދިފާއީ ބާރުން މަޢުލޫމާތުދެއެވެ.

މި ބޯޓަކީ 40 ފޫޓް ހުރި ބޯޓެއް ކަމަށާއި އެ ޙާދިސާގައި ބިދޭސީއެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް