ފަނޑިޔާރުންގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކޮށްފި
ފަނޑިޔާރުންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިސްލާހު ގެނައި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ބިލުގައި، ފަނޑިޔާރުކަމުގެ މަގާމާއި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަމާއި އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތެއްކަން ކަށަވަރު ކުރެވިގެންދާނެ ކަންކަން އިސްލާހުކޮށްފައި ވެއެވެ.
އޭގެ ތެރޭގައި، އެ ގާނޫނަށް ގެނެސްފައިވާ މުހިންމު އެއް އިސްލާހަކީ، ފަނޑިޔާރު ކަމުން އިސްތިއުފާދީފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މީހަކު ވަޒީފާ އަދާކުރި ކޯޓެއްގައި ވަކި މުއްދަތަކަށް ވަކީލުކަން ނުކުރެވުމެވެ. އެގޮތުން، ފަނޑިޔާރަކު ފާއިތުވި ތިން އަހަރު ފަނޑިޔާރުކަން ކުރި ކޯޓެއްގައި މަގާމުން ވަކިވި ނުވަތަ ވަކިކުރި ތާރީހުން ފެށިގެން ހަ މަސް ދުވަހު ވަކީލުކަން ނުކުރެވޭނެ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފ އެވެ.
އޭގެ އިތުރުން ވެސް ފަނޑިޔާރަކު ވަކިކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށް، އެމީހަކު އިސްތިއުފާދީފި ނަމަ، އެ މީހަކަށް ލިބެންޖެހޭ އިނާޔަތް ނުލިބޭ ގޮތަށް ގާނޫނު ވަނީ އިސްލާހު ކޮށްފައެވެ.
މި ބިލު ރައީސް ތަސްދީގު ކުރެއްވުމާ އެކު އެ ގާނޫނަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.

