ޚަބަރު

55 ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް އަންނަ ޖުލައިގެ ކުރިން ނިމޭނެ: މިނިސްޓްރީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ނޫސްވެރިންގެ ބައްދަލުވުމުގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް

55 ކައުންސިލްގެ އިމާރާތްކުރުމުގެ މަސައްކަތް އަންނަ ޖުލައި މަހުގެ ކުރިން ނިމޭނެކަމަށް ލޯކަލް ގަވާމަންޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by STELCO

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް 55 ރަށު ކައުންސިލެއްގެ މަސައްކަތް ކުރުމަށް މިދިޔަ އޮގަސްޓު މަހު ހަވާލުކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. އެ މަސައްކަތް އާރުސީސީއާ ހަވާލުކުރީ 631 މިލިއަން ރުފިޔާއަށެވެ.

ލޯކަލް ގަވާމަންޓް މިނިސްޓްރީން ބުނީ 42 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ފަށަން ތައްޔާރީތައް ހަމަޖެހިފައިވާ ކަމަށާއި އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އަޅަން ބޭނުންވާ ސާމާނު އެ ރަށްރަށުގެ ސައިޓަށް ފޮނުވައިފައިވާ ކަމަށެވެ.

އާ ކައުންސިލް އިމާރާތްތައް އަޅާ ރަށްރަށުގެ ތެރޭގައި ވެރިކަން ކުރާ ބައެއް ރަށްތައް ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ފ.ނިލަންދޫއާއި ގއ. ވިލިނގިލި ފަދަ ރަށްތައް ވެސް ހިމެނެއެވެ.

ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފް މި މަހު ވިދާޅުވި ގޮތުގައި ކައުންސިލްގެ އިމާރާތްތައް އަޅަމުންދާ ފެންވަރު ބަލަން ރަށްރަށުގައި ކޮމިޓީތަކެއް ވެސް ހަދާނެއެވެ.

މި ސަރުކާރުގެ އަމާޒަކީ 100އަށް ވުރެ ގިނަ ރަށުގައި ކައުންސިލް އިދާރާ ހިންގަން އާ އިމާރާތެއް އެޅުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!