ފުވައްމުލަކަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް، ފެން ދޫކުރަން ފަށައިފި
ފުވައްމުލައް ސިޓީއަށް ދިމާވި ފެނުގެ މައްސަލަ ހައްލުކޮށް، އެކި ސަރަހައްދުތަކަށް ފެން ދޫކުރަން ފަށައިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފ އެވެ.
ފެން ތަޣައްޔަރުވުމުގެ ސަބަބުން ފުވައްމުލައް ސިޓީން ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ފެނުގެ ހިދުމަތް މެދުކަނޑައިލައިފައެވެ.
ފެނަކައިން މިއަދު ބުނީ ރެއިން ފެށިގެން އެ ސިޓީގެ އެކި ސަރަހައްދުތަކަށް ފެން ދޫކުރަމުންދާ ކަމަށެވެ. މިހާރު ފެން ދޫނުކުރެވި ހުރީ ކްރޮސް ކަނެކްޝަން ހަދާފައިވާ ގޭބިސީތަކަށް އެކަނި ކަމަށާއި، މެންދުރަށް އެ ގޭގެއަށް ވެސް ފެން ދޫކުރެވޭނެ ކަމަށް ބުންޏެވެ.
މީގެ އިތުރުން ފެން ތަޣައްޔަރުވި މައްސަލަ ހައްލުކޮށް، އަލުން ގޭގެއަށް ފެން ދޫކުރަން ފަށައިފައި ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ތަހުލީލުކޮށް، ފެން ބޭނުން ކުރުން ރައްކާތެރިކަން ކަށަވަރުކޮށް ހުއްދަ ލިބިގެން ކަމަށް ވެސް ފެނަކައިން ބުނެފައި ވެއެވެ.
ފުވައްމުލައް ސިޓީއިން ފެނުގެ ހިދުމަތް ކެނޑުމުން އެ ސިޓީގައި ވަނީ މުޒާހަރާ ވެސް ކޮށްފ އެވެ. ފެން ކެނޑުމުން ސަރުކާރުން ވަނީ ހައެއްކަ ގަޑިއިރުން މައްސަލަ ހައްލުކޮށްދޭނެކަމަށް އަންގާރަ ދުވަހު ބުނެފައެވެ. ނަމަވެސް މައްސަލަ މުޅިން ހައްލުވީ އިއްޔެގެ ވަގުތެއްގައެވެ.

