ޚަބަރު

ގިނަ ބައެއްގެ އެދުމުގެ މަތިން ލިލީ ފިލްމުގެ ހުކުރު ދުވަހު ދަންވަރު ޝޯ ވެސް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ ބުރާސްފަތި ދުވަހު ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ދިވެހި ފިލްމު ލިލީގެ ހުކުރު ދުވަހުގެ ދަންވަރު ޝޯގެ ޓިކެޓް ނެގުމަށް ހުޅުވާލައިފިއެވެ.

Ads by STELCO

މިހާރު އޮލިންޕަސް ކައުންޓަރުގައި ވިއްކަމުން އަންނަ ލިލީގެ ފުރަތަމަ ހަތަރު ޝޯއަށް މިހާރު ހުޅުވާލާފައިވާއިރު، ފުރަތަމަ ދެ ޝޯ ވަނީ އެއްކޮށް ފުލް ވެފައެވެ. ހުކުރު ދުވަހުގެ ދަންވަރު ޝޯގެ އިތުރުން މެންދުރުފަހު ޝޯއަށް ވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ޓިކެޓު ބުކް ކުރެއްވުމަށް 7505079އަށް ވައިބާ ކުރެއްވުމަށް ލިލީ ޓީމުން އެދެވެ.

ކްރިއޭޓިވް ނެޓްވޯކު ކުޑައިގެ ދަށުން މުހައްމަދު އަރީހު ޕްރޮޑިއުސްކުރާ ލިލީގެ މަންޒަރުތައް ނަގައިދީފައިވަނީ ސަމާހު އިބްރާހިމް އެވެ. މޭކަޕްތައް ކޮށްދީފައިވަނީ ޖަސްޓިން އެވެ. ފިލްމުގެ ބެކްސްކޯގެ މަސައްކަތް ކުރަނީ ފަތުހުالله ޝަކީލް އެވެ.

ލިލީ އަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައަކަށް އުފައްދާ ފިލްމެކެވެ. ފިލްމުގެ ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމް ބުނީ  ހަގީގީ ހާދިސާތަކުގެ ތެރެއަށް ހިޔާލީ ކަންތައްތަކެެއްވެސް އިތުރުކޮށްފައި ވާނެ ކަމަށެވެ. އަދި އަސްލު ހާދިސާތަކުގެ އަސްލު ނުގެއްލޭނެހެން މީހުންގެ ނަންތަކާއި ރަށުގެ ނަންވެސް ބަދަލުކޮށްފައި ވާނެކަމަށް އަޒްހާން ބުންޏެވެ.

ލިލީއަށް ބޮޑު ތަރުހީބެއް މުޅި ރާއްޖެއިން ލިބެމުން ދާއިރު މިފިލްމުގެ ޓިކެޓު އޮލިމްޕަހުގައި ވިއްކަން ފެށި ދުވަހު ދިގު ކިޔުއެއް މަގުގައި ހަދާފައި އޮތެވެ.

Ads by Allied Insurance