ޚަބަރު

ގަވައިދާ ހިލާފަށް އުޅުނު 66 ބިދޭސީން އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ކަރަންކާ މަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކުން ގަވާއިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފިއެވެ.

Ads by STELCO

އިމިގްރޭޝަންއިން ބުނީ އެ މީހުން އަތުލައިގަތީ އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ޙަރަކާތްތަކުގައި ޝާމިލްވަމުންދާކަން ފާހަގަކުރެވިގެން ްއިމިގްރޭޝަންގެ ޓާސްކްފޯސްއިން ރޭ ކުރިއަށް ގެންދިޔަ ހާއްސަ އޮަޕަރޭޝަންއެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން އެ ސަރަހައްދުން ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށް، ގަވާއިދާ ހިލާފަށް ތިބި 66 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާއިން ބުންޏެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވެސް މިހާރު ވަނީ ފަށާފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓްއޮޕަރޭޝަންސް" އިން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް 'އޯޕަން ވިޒާ'ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު  އިތުރުވަމުންކަން ފާހަގަކުރެވިފައިވާކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފަ އެވެ. އަދި އެމީހުންނަށް ވަޒީފާ ދީފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމާއި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރިކޮށްގެން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ދާދި ފަހުން ވަނީ ބުނެފަ އެވެ.

Ads by Allied Insurance