ޚަބަރު

އަންނަ ރޯދަ މަހު ކޮންމެ ގެއެއްގެ ކަރަންޓް ބިލަށް އެންމެ ބޮޑުކޮށް އަރާނީ 400 ރުފިޔާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އަންނަ ރޯދަ މަހު ކޮންމެ ގެއެއްގެ ކަރަންޓް ބިލަށް ވެސް އެންމެ ބޮޑު އަދަދަކަށް އަރާނީ 400 ރުފިޔާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުން ސަޕޯޓަރުން މިރޭ އާޓިފިޝަލް ބީޗަށް ޖަމާވެ ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް ވިދާޅުވީ އެ އަދަދަށްވުރެ އިތުރަށް ކަރަންޓް ބިލަށް އަރާ ކޮންމެ އަދަދެއް ވެސް ޑިސްކައުންޓްގެ ގޮތުގައި އުނިކުރާނެ ކަމަށެވެ.

"ބާކީ ބައި ޑިސްކައުންޓް،" އެތައް ހާސް ސަޕޯޓަރުން އެއްވި ޖަލްސާގައި ސަޕޯޓަރުންނަށް ފޯރި ދެއްވަމުން ރައީސް ވިދާޅުވި އެވެ.

މި އަހަރުގެ ރޯދަ މަހާއި ކުރީ އަހަރުގެ ރޯދަ މަހުން ވެސް ކަރަންޓު ބިލަށް ހާއްސަ ޑިސްކައުންޓެއް ދީފައިވެ އެވެ. މިދިޔަ ރޯދަ މަހު ދިނީ 10 ޕަސެންޓްގެ ޑިސްކައުންޓެކެވެ.

 

 

Ads by Ooredoo