ޚަބަރު

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ބަލަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖިންސީ ގޯނާ އާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން / ސަން ފޮޓޯ:ފަޔާޒު މޫސާ

ކުޑަ ދެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

Ads by STELCO

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ އެ މައްސަލަ ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

އެހެންވެ އެ މައްސަލައިގައި މީހަކު ހައްޔަރުކުރި ކަމެއްވެސް ސާފެއް ނުވެއެވެ.

ނަމަވެސް "ދެން" އަށް އެނގިފައިވާ ގޮތުން އެ މައްސަލައިގައި ތުހުމަތުކުރަނީ ސިފައިންގެ މީހަކަށެވެ. އަދި އޭނާ ޖިންސީ ގޯނާކުރީ ލޯބިވެރިޔާގެ ދަރިންނަށެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ހަވީރު މާލޭ މަގުމަތިން ފުލުހުންގެ އެހީއަށް އެދުނު އަންހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ޖިންސީ ގޯނާކޮށްފައި ހުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުން ނެވެ.

Ads by Allied Insurance