ޚަބަރު ދުނިޔެ ސަރުކާރު

އެއްބަސްވުމާ ހިލާފަށް އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ރާއްޖެއިން ގޮވާލައިފި 

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފޮރިން މިނިސްޓްރީ ހިންގާ ފަތުހުﷲ ޖަމީލް ބިލްޑިން / ފޮޓޯ:ދެން އިމޭޖްސް

ސުލްހައިގެ އެއްބަސްވުމާ ހިލާފަށް އިސްރާއިލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުވަން މަސައްކަތް ކުރަން ރާއްޖެއިން ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލައިފި އެވެ.

Ads by STELCO
Ads by Creative Network

އިސްރާއިލުން ޣައްޒާގައި ހިންގަމުން ދިޔަ ގަތުލު އާންމު ފެށީ 2023 ވަނަ އަހަރުގެ އޮކްޓޫބަރުގެ ހަތް ވަނަ ދުވަހުގެ ފަހުން ނެވެ. އޭގެ ފަހުން ސުލްހައިގެ އެއްބަސްވުމެއްގެ ދަށުން ހަމަލާތައް ދިނުން ހުއްޓާލުމަށް ފަހު އެ އެއްބަސްވުމާ ހިލާފުވެ ހަމަލާތައް ކުރިއެކޭ އެއްގޮތަށް ދިޔައީ ދެމުން ނެވެ. އަދި މި އަހަރު އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ވަނީ ސުލްހައިގެ އެއްބަސްވުމެއް ހަދައިފަ އެވެ. ނަމަވެސް އެ އެއްބަސްވުމާ ހިލާފުވެ އިސްރާއިލުން ގަވައިދުން ދަނީ ހަމަލާތައް ދެމުން ނެވެ. އަދި އެ ހަމަލާތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަނީ މަރުވަމުން ނެެވެ.

އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ އިސްރާއިލުން ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.

އެހެންވެ އެ ހަމަލާތައް ހުއްޓުވައި ސުލްހައިގެ އެއްބަސްވުން ދަމަހައްޓަން މަސައްކަތްކުރަން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ދުނިޔެއަށް ގޮވާލައިފަ އެވެ.

ބަޔާނުގައި ބުނީ އިސްރާއިލުގެ އަނިޔާވެރިކަން އެފަދައިން ތަކުުރާރުވަމުންދާނަމަ ފަލަސްތީނުގެ މީހުން ވަޒަނުން ބޭރުކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށެވެ.

ބަޔާނުގައި ބުނީ 1967ގެ ބޯޑަރުގެ ތެރެއިން އިރުމަތީ ގުދަސް ވެރިރަށުގެ ގޮތުގައި ހަމަޖައްސައި މިނިވަން ފަލަސްތީނުގެ ދައުލަތެއް އުފައްދަން ތާއިދުކުރުމުގައި ރާއްޖެއިން ދެމި އޮންނާނެ ކަމަށެވެ.