Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރަން ސައުދީއާ އެކު އެއްބަސްވެއްޖެ

ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާކުރަން ސައުދީއާ އެކު އެއްބަސްވެއްޖެ
ރާއްޖޭގެ ޖުޑިޝަރީ ހަރުދަނާ ކުރުމަށް ސައުދީ އަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ސުޕްރީމް ކޯޓުން މައުލޫމާތު ދިން ގޮތުގައި މިއަދު ވަނީ ސައުދީގެ ޖަސްޓިސް މިނިސްޓްރީއާއި ރާއްޖޭގެ ސުޕްރީމް ކޯޓުއާ ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އަދި އެ ގައުމުގެ ފަރާތުން ސޮއިކުރެއްވީ ޖަސްޓިސް މިނިސްޓަރު ޑރ. ވާލިދް އަލް ސަމާނީއެވެ. މި އެއްބަސްވުމުގެ ދަށުން އެއްބާރުލުން ދީގެން ކުރިއެރުވުމަށް މަސައްކަތްކުރާ ދާއިރާތަކަކީ:
  • ޝަރުޢީ ނިޒާމުތަކާއި ގުޅުން ހުރި ގާނޫނީ އަދި އިދާރީ އުސޫލުތައް ހަރުދަނާކުރުން
  • ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޕްރޮފެޝަނަލް ގާބިލުކަމާއި ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުން
  • ޝަރުއީ މަސައްކަތްތައް ކުރުމުގެ އުސޫލުތަކާއި ނިޒާމުތައް ހަރުދަނާކުރުން
  • ދާއިރާއާ ގުޅޭ މައުލޫމާތާއި، ތަޖުރިބާ އަދި ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާ ގުޅޭ މައުލޫމާތު ބަދަލުކުރުން
  • ތަޖުރިބާކާރުންނާއި ފަންނީ މާހިރުންގެ ދެމެދުގައި ޒިޔާރަތްތައް ބަދަލުކުރުމާއި އެ ފަރާތްތަކުގެ ހުނަރާއި ތަޖުރިބާ ހިއްސާކުރުން
  • އިލްމީ އަދި ފަންނީ ކޮންފަރެންސްތަކާއި، ސެމިނަރތަކާއި މަޝްވަރާ ބައްދަލުވުންތަކާއި ތަމްރީނު ޕްރޮގްރާމްތައް އަދި މަސައްކަތު ބައްދަލުވުންތައް އިންތިޒާމުކޮށް ބޭއްވުން
އެ ކޯޓުން ބުނީ މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަސް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް