ޚަބަރު

ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލު އެމްއޭސީއެލްގެ ބޯޑަށް އައްޔަންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޖަމީލު އުސްމާން--

ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލު އުސްމާން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ(އެމްއޭސީއެލް)ގެ ބޯޑަށް މިއަދު އައްޔަންކޮށްފިއެވެ.

Ads by MPL

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)އިން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޖަމީލު އައްޔަންކުރިކަން ކަށަވަރުކޮށްދީފައެވެ.

ޖަމީލު ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށީ ދާއިރާ ތަމްސީލުކުރެއްވީ 18ވަނަ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައެވެ. އޭނާ މިހާރު ވެސް ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގެ ސްޕެޝަލް ޕްރޮޖެކްޓްސް އެންޑް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ވެރިޔާގެ މަގާމު ފުރުއްވަމުންނެވެ.

އަށް މެމްބަރުންގެ މައްޗަށް އެކުލެވޭ އެމްއޭސީއެލްގެ ބޯޑުގެ ޗެއާމަންއަކީ އައިޝާ ނޫރައިން ޖަނާހުއެވެ. އެ ބޯޑުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވެސް ހިމެނިލައްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!