މިދިޔަ ހަފްތާ މާލޭގައި 45 އެކްސިޑެންޓް ހިނގި
މިދިޔަ ހަފްތާ ބުރިޖާއި ހައިވޭ ހިމެނޭހެން މާލޭގައި 45 އެކްސިޑެންޓް ހިނގިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުންގެ ހިދުމަތުން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ބުރާސްފަތި ދުވަހު އެކަނިވެސް 10 އެކްސިޑެންޓް ހިނގިއެވެ. އަދި މިދިޔަ އާދިއްތަ ދުވަހު ވެސް އަށް އެކްސިޑެންޓް ހިނގިއެވެ.
އޭގެ ތެރެއިން ގިނަ އެކްސިޑެންޓް ހިނގައިފައި ވަނީ މާލޭގައެވެ. އެއީ 42 އެކްސިޑެންޓެވެ. ބުރިޖާއި ހައިވޭގައި ހިނގީ ތިން އެކްސިޑެންޓެވެ.
އޭގެ ތެރެއިން ގިނަ އެކްސިޑެންޓްތަކަކީ ކުދިކުދި އެކްސިޑެންޓްތަކަކަށްވާ އިރު ސީރިއަސް އެކްސިޑެންޓްގެ ގޮތުގައި ރެކޯޑްކުރެވިފައި ވަނީ ތިން އެކްސިޑެންޓްކަމަށް ފުލުހުން ބުންޏެވެ.
ގިނަ އެކްސިޑެންޓްތައް ހިނގައިފައި ވަނީ
- ކާރާއި ސައިކަލު ޖެހިގެން
- ސައިކަލާއި ސައިކަލު ޖެހިގެން
- ސައިކަލާއި ޕިކަޕު ޖެހިގެން
އެ އެކްސިޑެންޓްތަކުގައި 37 ވެހިކަލްއަކަށް ގެއްލުން ލިބުނުއިރު ތިން މީހަކަށް އަނިޔާ ވެސް ވިއެވެ.

