ޚަބަރު

ހއ ފެށިގެން ވ އަތޮޅަށް ހުދު ސަމާލު، ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ: މެޓް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެކަމަށާއި ވިލާގަނޑުގައި 40މޭލަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މިގޮތުން ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް، މިއަދުގެ 13:30އިން 18:30އަށް ހުދު ސަމާލު ނެރެފައިވާކަމަށް މެޓް އޮފީހުން މަޢުލޫމާތުދެއެވެ. އަދި އެ ސަރަހައްދަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!