ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރުޓީއެލްގެ ދަތުރުތައް މާދަމާ ފަށަނީ
ޒޯން ދޭއްގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރުޓީއެލް ފެރީގެ ދަތުރުތައް މާދަމާ ފަށަން ނިންމައިފިއެވެ.
އާރުޓީއެލްގެ ހިދުމަތް ނ. އަތޮޅުގައި ފެށީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ. އަދި ރ. އަތޮޅުގައި މިދިޔަ ޖޫން މަހު އޮތީ އާރުޓީއެލްގެ ހިދުމަތް ފަށައިފައެވެ. ނަމަވެސް އެ ދެ އަތޮޅާ ދެމެދު މިހާތަނަށް ވެސް އާރުޓީއެލްގެ ފެރީގެ ހިދުމަތް އޮތީ ނުފަށައެވެ.
އާރުޓީއެލްގެ ހިދުމަތް ދޭ އެމްޓީސީސީން މިއަދު ބުނީ ނ. އަތޮޅާއި ރ. އަތޮޅާ ދެމެދު އާރްޓީއެލްގެ ވިއުގައިން
މާދަމާ ހިދުމަތް ފަށާނެ ކަމަށާއި އެ ދެ އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ ނ. މަނަދޫއާއި ރ. އުނގޫފާރުގައި ކަމަށެވެ.
އެ ހިދުމަތް ދިނުމަށް ބޭނުންކުރާނީ 32 ޕަސިންޖަރުންގެ ޖާގައިގެ ފެރީއެއް ކަމަށާއި އަދި އެ ދެ ފެރީގައި އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެ ސީޓު ވެސް ހާއްސަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
"ރ. އަތޮޅާއި ނ. އަތޮޅާ ދެމެދު އާރުޓީއެލްގެ ފެރީގެ ހިދުމަތް ފެށިގެން ދިއުމާ އެކު މި ދެ އަތޮޅުގެ
ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި މަންފާތަކެއް ލިބޭނެއެވެ." އެމްޓީސީސީން ބުންޏެވެ.
މިހާރު އާރުޓީއެލްގެ ހިދުމަތް ނުލިބެނީ ކ. އަތޮޅާއި އއ.. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅުގައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ މަހު ވިދާޅުވީ އަންނަ އަހަރުގެ މާޗު މަހު އާރުޓީއެލްގެ ނުލިބޭ ހުރިހާ އަތޮޅަކަށް ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.
