ނުވަރަލިއާއަށް ދިޔަ ދިވެހި ޢާއިލާއެއް ޚަބަރެއް ނުވެގެން ހޯދަނީ
އަވައްޓެރި ސްރީލަންކާގެ ނުވަރަލިއާއަށް ދިޔަ ދިވެހި ޢާއިލާއެއް ޚަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނީ، ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަރަލިޔާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ޢާއިލާއެއް ކަމަށާއި އެ ޢާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ. އަދި އެ ޢާއިލާއާ ނުގުޅިގެން މާލެއިން ރިޕޯޓްކޮށްފައިވާ ކަމަށާއި އެމްބަސީން މިހާތަނަށް ކުރި މަސައްކަތުން ވެސް އެމީހުންގެ ޚަބަރެއް އަދި ލިބިފައި ނުވާކަމަށް ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނެއެވެ.
ލަންކާއަށް ކުރަމުންދާ ވިއްސާރައިގާ ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް 50އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 20އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.
ލަންކާގެ ކައިރީގައި އުފެދިފައިވާ މި ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ. މި ތޫފާނުގެ މިސްރާބު މިހާރު ހުރީ އިންޑިއާގެ ޓަމިލްނާޑޫއާ ދިމާލަށް ކަމަށް ވެސް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ.

