ޚަބަރު

ނުވަރަލިއާއިން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދިވެހި ޢާއިލާ ފެނިއްޖެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފޮޓޯ: ދެން މީޑިއާ

އަވަށްޓެރި ސްރީލަންކާގެ ނުވަރަލިއާއިން ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ދިވެހި ޢާއިލާގެ ޚަބަރެއްވެއްޖެ ކަމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން ބުނެފިއެވެ.

Ads by STELCO

ސްރީލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން ބުނީ، ޚަބަރެއް ނުވެގެން ހޯދަމުންދަނީ ނުވަރަލިއާއަށް ޗުއްޓީއަކަށް ގޮސް އުޅޭ ޢާއިލާއެއް ކަމަށާއި އެ ޢާއިލާގައި ހިމެނެނީ ދިވެހި ފިރިހެނަކާއި ކުޑަ ކުއްޖެއްގެ އިތުރުން ލަންކާ އަންހެނެއް ކަމަށެވެ. އަދި އެ ޢާއިލާއަށް މުވާސަލާތު ނުކުރެވުނީ އެ ސަރަހައްދުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާތީކަމަށް އެމްބަސީން ބުނެއެވެ.

ލަންކާގެ ސަރުކާރުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން، ޚާއްޞަ ޚިދުމަތްތައް ފިޔަވައި، ހުރިހާ ޚިދުމަތެއް ވަގުތީ ގޮތުން މެދުކަނޑައިލައިފައިވާ ކަމަށާއި ސަރުކާރުގެ ހުރިހާ މުއައްސަސާތައް ވެސް ވަނީ ބަންދުކޮށްފައިކަމަށް އެ ގައުމުގެ މީޑިއާތައް ބުނެއެވެ.

ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް 50އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި 20އަށް ވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް އެ ޤައުމުގެ މީޑިއާތަކުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!