ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ އިޖުތިމާއީ ކޮމެޓީއިން އަސްމާ ވަކިކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު --

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު، އިޖުތިމާއީ ކޮމެޓީގެ މުގައްރިރު ކަމުންނާއި އެ ކޮމެޓީން ވަކިކޮށްފިއެވެ.

Ads by MPL

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ އިޖުތިމާއީ ކޮމެޓީގައި އަސްމާގެ ބަދަލުގައި ދެން އިންނަވާނީ ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ކަމަށެވެ.

އިޖުތިމާއީ ކޮމެޓީން އަސްމާ ވަކިކޮށްފައި މި ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މާފަންނު ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމުގައި، ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތައް އޭނާއަށް ފޮނުވަން އެންގި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ، ރައީސް ރައްޔިތުންނާ ބައްދަލުކުރައްވާ އިރު، ސުވާލުތައް ފޮނުވަން ނުޖެހޭނެ ކަމަށާއި، އެ މީހަކު ބޭނުންވާ ސުވާލެއް ނުވަތަ ހިޔާލެއް ސީދާ ރައީސްއަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އޭގެ ފަހުން އަސްމާ ވަނީ އެކަމާ ގުޅިގެން މައާފަށް ވެސް އެދިވަޑައިގެންފައެވެ. މިދިޔަ ހުކުރު ދުވަހު އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސުވާލު ފޮނުވަން އެދުނީ ރައީސްގެ ބައްދަލުވުމަށް ނުދެވޭ ރައްޔިތުންނަށް ވެސް ސުވާލު ކުރުމުގެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.

Ads by HDC