ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުކުރެވިފައިވާ ސަނީ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސަނީ އުމަރު--

ރާއްޖޭގެ ޓްރެވަލް އޭޖެންސީއެއް ކަމަށްވާ "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުއްވާ ޑރ. ސަނީ އުމަރުގެ މައްޗަށް ކުރެވިފައިވާ ޖިންސީ ގޯނާގެ ތުހުމަތުތަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފިއެވެ.

Ads by STELCO

ސަނީގެ އަނބިމީހާގެ އާއިލާގެ ކުޑަކުދިންތަކަަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ މިދިޔަ މަސް ނިމެން އުޅެނިކޮށެވެ.

ސޯޝަލް މީޑިއާގައި އެކަން ފެންމަތިވި ތަނާ ފުލުހުން ވެސް އެކަން ބަލަން ފެށިއެވެ. އަދި އޭގެ ފަހުން ޖިންސީ ގޯނާ ލިބުނު ކުއްޖެއްގެ އާއިލާއިން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފައެވެ.

އެއާޕޯޓަށް ދިއުމުގެ ކުރިން ސަނީ ވަނީ ފުލުހަށް ހާޒިރުވެ އޭނާގެ ބަޔާން ވެސް ދީފައެވެ.

މީގެ ކުރިން އަޑު ފެތުރިފައިވާ ގޮތުން ވެސް ސަނީގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފެންމަތިވުމާ އެކު އޭނާ ވަނީ ރާއްޖެ ދޫކޮށް ފުރައިފައެވެ. އަދި ސަނީ މިއަދު ފުލުހަށް ހާޒިރުކުރީ ރާއްޖެ އައުމުން ކަމަށް ވެސް އަޑުފެތުރިފައި ވެެއެވެ.

ނަމަވެސް އެ ކަމުގެ ސީދާ ހަގީގަތެއް ސާފެއް ނުވެއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވޮލޮޕްމަންޓް މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ޖިންސީ އަނިޔާގެ 23 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. އެއީ ފިރިހެން ކުދިންނާ ގުޅުން ހުރި 06 މައްސަލައަކާއި އަންހެން ކުދިންނާ ގުޅުން ހުރި 17 މައްސަލައެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!