ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާ އެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޝަމީމް އަހައްމަދު (31އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެންބަރު 1ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހުންނަށް ހުޅުމާލެ އެމްޓީސީސީ ޓާމިނަލް ކައިރިން ސައިކަލެއްގައި ދިޔަ މީހެއް ފުލުހުން ފެނުމުން އެއްޗެއް ފޮރުވަން މަސައްކަތްކުރާކަން ފާހަގަކުރެވިގެން، އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުން ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 72 ދަޅު، އޭނާ ގެންގުޅުނު ދަބަހުގެ ތެރެއިން ފެނިފައިވާތީކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

