އިސްލާމިކް މިނިސްޓްރީގެ މީޑިއާ މައުރަޒު އަންނަ ހުކުރު ދުވަހު ފަށަނީ
އިސްލާމިކް މިނިސްޓްރީން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަރުކަޒު އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މައުރަޒު އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ.
އެ މައުރަޒު އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން މީޑިއާ މައުރަޒެއް އެންމެ ފުރަތަމަ ބޭއްވީ މިދިޔަ އަހަރުއެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާ ގުޅިގެން ބާއްވާ އެ މީޑިއާ މައުރަޒަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.
މި މައުރަޒުގައި ވަކިވަކި ސެކްޝަންތަކުގެ ވެރިންނާ ބައްދަލުކޮށް ސެކްޝަންތަކާ ގުޅޭ މަސައްކަތްތަކާ ބެހޭ ސުވާލުތައްކުރުމާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މިދިޔަ އަހަރު ބޭއްވި ފުރަތަމަ މީޑީއާ މައުރަޒަށް ވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ވަނީ ޒިޔާރަތްކޮށްފައެވެ.
