ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބު އޭޕްރީލް މަހު 4ގައި ބާއްވަން ނިންމައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ލުން ކުރިޔަށްދަނީ... ދެން އިމޭޖްސް

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އޭޕްރީލް މަހު 4ގައި ބާއްވަން އިލެކްޝަންސް ކޮމިޝަންއިން މިއަދު ނިންމައިފިއެވެ.

Ads by STELCO

އިލެކްޝަންސް ކޮމިޝަންއިން ބުނީ އެ އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރާނެ ކަމަށެވެ.

އެ އިންތިހާބަށް ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000އަށް ވުރެ ގިނަ އޮފިޝަލުން ހޯދުމަށް މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ. އެގޮތުން އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 21ވަނަ ދުވަހުގެ 15:00ގެ ކުރިން އީ-ފާސް މެދުވެރިކޮށް my.elections.gov ޕޯޓަލްއިން އެކަމަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެކަމަށް އިލެކްޝަންސްއިން ބުންޏެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އިލެކްޝަންސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށް ފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކޮމިޝަނުގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެއެވެ.

އިންތިހާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!