ޚަބަރު

އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން މަހާޖައްރާފުގައި މަސައްކަތް ކުރާނީ ހުސް ދިވެހިން: އާޒިމް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އޮކޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މަހާޖައްރާފުގައި މަސައްކަތް ކުރާނީ ހުސް ދިވެހިން ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އާޒިމް ވިދާޅުވީ، މަހާޖައްރާފުގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުސް ދިވެހިން މަސައްކަތް ކުރުމަކީ، ރާއްޖެއިން ބޭރު ބިދޭސީންނަށް މުސާރަގޮތުގައި ޚަރަދު ކުރާމިންވަރު ކުޑަވުމުގެ އިތުރުން، ގިނަ އަދަދެއްގެ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަކެއް ލިބިގެން ދާނެ ކަމެއް ކަމަށެވެ.

ސަރުކާރުން މަހާޖައްރާފު އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. މަހާޖައްރާފު ބޭނުން ކޮށްގެން ރާއްޖޭގެ ފަޅުތަކާއި ބިންތައް ހިއްކުމަކީ އެމްޓީސީސީގެ މައިގަނޑު އެއް މަސައްކަތެވެ.

މަހާޖައްރާފު ބޭނުންކޮށްގެން އެމްޓީސީސީން ވަނީ ގިނަ މަޝްރޫޢުތަކެއް ނިންމާލާފައެވެ. އެގޮތުން ގިނަ އަދަދެއްގެ ބިންތައް ހިއްކުމުގެ އިތުރުން އެއަރޕޯޓުތަކުގެ މަސައްކަތްތައް ވެސް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!