ޖަޕާނަށް އައި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެ: މެޓް
ޖަޕާނަށް މިރޭ ރާއްޖެ ގަޑިން 19:32ގައި އައި ބާރުގަދަ ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ބޭރުގެ މީޑިއާތަކުން ބުނާ ގޮތުން، މި ބިންހެލުން އައިސްފައި ވަނީ ޖަޕާނުގެ އައްސޭރިފަށުން 44 މޭލު (70 ކިލޯމީޓަރު) ދުރުން، ގާތްގަނޑަކަށް 33 މޭލު އަޑިންނެވެ. އަދި މިއީ 7.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށާއި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާ ކަމަށް ވެސް މީޑިއާތައް ބުނެއެވެ.
މި ސަރަހައްދަކީ 2011ވަނަ އަހަރު މާރިޗް މަހު 9.0 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީއެއް އަރައިފައިވާ ސަރަހައްދެކެވެ.
Ads by Allied Insurance
