ޚަބަރު

ދަރިވަރާ މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑްކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އައްޑޫ ހައި ސްކޫލުގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު ހިންގި މާރާމާރީގެ ތެރެއިން--

އަތޮޅުތެރޭގައި ރަށެއްގެ ސްކޫލުގައި ދަރިވަރަކާ މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑްކޮށްފިއެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި އެ މާރާމާރީ ހިނގީ އައްޑޫ ހައި ސްކޫލުގެ ކްލާސް ތެރޭގައެވެ.

އެ މާރާމާރީ ފެށެނީ ފިރިހެން ދަރިވަރަކު ގެންގުޅުު ފޯނެއް ޓީޗަރަކު އަތުލަން އުޅުމުގެ ތެރޭގައެވެ. އަދި ގަދަކަމުން އެ ފޯމު އަތުލަން އުޅުމުގެ ތެރޭގައި ދަރިވަރު ވެއްޓި ދަރިވަރާއި ޓީޗަރު މާރާމާރީ ހިންގި ތަން ވީޑިއޯއިން ފެނެއެވެ. ބެލެވޭ ގޮތުން އެ ޓީޗަރަކީ ބިދޭސީ ޓީޗަރެކެވެ. ނަމަވެސް އެއީ ކޮން އިރަކު ހިނގިކަމެއް ކަމަށް ސާފެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލު "ދެން"އަށް ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ޓީޗަރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ. "ދެން"އަށް އެނގިފައިވާ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ މިހާރު ފުލުހަށް ވެސް ހުށަހަޅައިފައެވެ.

ދަރިވަރުންނާއި ޓީޗަރުންނާ ދެމެދު މާރާމާރީތަކުގެ މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައި ވެެއެވެ.