ފޯކައިދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި
ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްޙޫމް ޙުސައިން ވަޙީދުގެ ދަރިކަލުން އަޙްމަދު ނަވީން ޙުސައިނެވެ.
މި މިސްކިތަކީ އަލްމަރުޙޫމް ޙުސައިން ވަޙީދު (ފޯކައިދޫ ވަޙީދު)ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ޙުސައިން ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރީ ފޯކައިދޫ ދާއިރާގެ މަޖިލީސް މެންބަރު ކަަމުގައި ހުންނަވަނިކޮށް ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައިއެވެ.
400 މީހުންނަށް ނަމާދު ކުރެވޭ ޖާގައިގެ، މި މިސްކިތުގެ ނަމަކީ މަސްޖިދުލް ނޫރެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު އެ މިސްކިތުގައި އިމާމުވެ ހުކުރު ކުރެއްވީ، ފޯކައިދޫއަށް ނިސްބަތްވާ ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަޙްމަދު ސަމީރެވެ.

