ޚަބަރު

އިތުރު މަސާޖު ޕާލާތަކަކުން ބިދޭސީންތަކެއް އަތުލައިގެންފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަސާޖުޕާލާއަކުން އަތުލައިގަތް ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންނަނީ--

އިތުރު މަސާޖު ޕާލާތަކަކުން ބިދޭސީންތަކެއް އަތުލައިގެންފިއެވެ.

Ads by STELCO

އިމިގްރޭޝަންއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށްގެންދާ އޮޕަރޭޝަންގައި ރޭ  މާލޭގައި ހިންގަމުންދިއަ އިތުރު ހަތަރު މަސާޖު ޕާލަރެއް ބަލައި ފާސްކުރި ކަމަށެވެ. އަދި ހުއްދައިގެ ބޭރުން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ފަސް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް އިމިގްރޭޝަންއިން ބުންޏެވެ.

ފާއިތުވި ހަފްތާގައި އިމިގްރޭޝަންއިން ޖުމްލަ 12 މަސާޖުޕާލަރެއް ބަލާ ފާސްކޮށް، ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ 12 ބިދޭސީއަކު ވަނީ އަތުލައިގެންފައެެވެ. އަދި އަށް މަސާޖު ޕާލަރެއް ވަނީ ބަންދު ވެސް ކޮށްފައެވެ.

މަސާޖު ޕާލާތަކުގައި ވިސާ ނެތި ބިދޭސީން މަސައްކަތް ކުރުމާއި އެ ތަންތަނުގައި ހަށި ވިއްކާ ކަމުގެ މައްސަލަތައް ވެސް ވަރަށް ގިނައިން ވަނީ ފެންމަތިވެއެވެ.

މަސާޖުޕާލާތަކުގެ އިތުރުން އެހެނިހެން ތަންތަނުގައި ވެސް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ދަނީ، ގަވައިދުން ރެއިޑް އޮޕަރޭޝަންތައް ހިންގަމުންނެވެ.

Ads by Ooredoo